އިދިކޮޅު އެމްޑީޕީން ބޭއްވި 'ފުދިއްޖެ، ފުނޑިއްޖެ' ހިނގާލުމަށް ރާއްޖެ ޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖަށް އެ ޓީވީން ތައްޔާރުކުރި ލަވައެއްގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފިއެވެ.
"ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ"ގެ ނަމުގައި ރާއްޖެ ޓީވީން ތައްޔާރުކުރި އެ ލަވައިގެ މައްސަލަ ބަލަން އަންގައި ބްރޯޑްކޮމް އިން އިއްޔެ ވަނީ އެ ޓީވީ ސްޓޭޝަނަށް ލިޔުމެއް ފޮނުވައިފައެވެ.
އެ ލިޔުމުގެ ކޮޕީއެއް 'ވަން' އަށް ވަނީ ލިބިފައެވެ. އެ ލިޔުމުގައި ބުނެފައިވާ ގޮތުން އެ ލަވައިގެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. ނަމަވެސް ހުށަހެޅި ފަރާތެއް ބުނެފައެއް ނެތެވެ.
ބްރޯޑްކޮމް އިން ރާއްޖެ ޓީވީއަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެ ލަވައިގެ ކޮންޓެންޓް ބަލައި، އެ މައްސަލަ އެ ކޮމިޝަނުން ބަލަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް އަންގާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު