ލ. ގަމުގެ ފެނުގެ މަޝްރޫއު ނިންމައި ހިދުމަތްދޭން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ޖުމުލަ 250 ޓަނުގެ ދެ އާރުއޯ ޕްލާންޓާއި 60 ޓަނުގެ ވާރޭ ފެން ޕްލާންޓާއި 1080 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކުގެ އިތުރުން 720 ޓަނުގެ ބޯފެން ރައްކާކުރާ ދެ ޓޭންކު އަދި 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ އެއް ޓޭންކު ބެހެއްޓުން ހިމެނޭ ކަމަށެވެ.
އެ މަޝްރޫއުގެ މަސައްކަތް މިހާރު ނިންމާފައިވާ އިރު، މިވަގުތު ހިދުމަތް ފޯރުކޮށްދެނީ ސަޕްލަޔާ ޑިފެކްޓްސް ލަޔަބިލިޓީގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގަމުގެ ފެނުގެ މަޝްރޫއު ކުރިއަށްގެންދިޔައީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރި ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު