ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަންޓޯރިނީ އައިލެންޑު ބަންދުކޮށްފިއެވެ.

ގްރީސް ގައި އޮންނަ ސަންޓޯރިނީ އައިލެންޑު ބަންދުކޮށްފައިވަނީ އެ ސަރަހައްދަށް އާދިއްތަ ދުވަހު އައި ކުދި ބިންހެލުންތަކަކާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އޮފިޝަލުން ބުނެއެވެ.

ސަންޓޯރިނީ އަށް ރިކްޓާ މިންގަނޑުން 4.1 އަދި 4.6ގެ އިތުރުން 4.6 ގެ ބާދުގަދަ ބިންހެލުންތަކެއް އިއްޔެ ރެކޯޑުކުރެވިފައިވާކަމަށާއި އެ ސަރަހައްދަކީ އަލިފާން ފަރުބަދަތައް ވެސް ހިމެނޭ ސަރަހައްދެއް ކަމުން އިތުރަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ގްރީސްގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނީ ބިންހެލުމުގެ އަސަރަކީ އެ ސަރަހައްދުގެ އަލިފާން ފަރުބަދަތަކުގެ ހަރަކާތެއްގެ ސަބަބުން އުފެދޭ ބިންހެލުން ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ސަންޓޯރިނީގައި ދިރިއުޅޭ މީހުންނަށް އެ ގައުމުގެ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އެގޮތުން އެ ސަރަހައްދުގެ ސްކޫލްތައްވެސް މިއަދުން ފެށިގެން ބަންދުކުރަން ވަނީ ނިންމާފައެވެ.

ސަންޓޯރިނީ އަކީ ދިވެހީންގެ މެދުގައިވެސް މަގުބޫލު ރަށެކެވެ. އާބާދީގައި 15،500 މީހުން ދިރިއުޅޭ އެރަށަށް 2023 ވަނަ އަހަރު އެކަނިވެސް 3.4 މިލިއަން މީހުން ޒިޔާރަށްކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.