މި ވަތަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ގައުމީ ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ވަތަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތްކުރަންވީ ދިވެހީންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދު ކުރި ބަތަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެގެން ކަމަށެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށް ޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްތާލުންގެ ޒިކުރާ އާލާކުރުމަށެވެ.
މި ދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި އަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު