ސްވިޑެންގައި ގުރުއާން އަންދާލި މީހާގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
ސްވިޑެންގެ ސްޓޮކްހަމްގައި ބުދަ ދުވަހު މަރާލާފައިވަނީ ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާ މަރަން ބަޑި ޖަހާފައިވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ހުއްޓާ ކަމަށް އޮފިޝަލުން ބުނެއެވެ.
2023 ވަނަ އަހަރު ސްވިޑެންގެ ސްޓޮކްހަމްގެ ސެންޓްރަލް މިސްކިތް ބޭރުގައި ސަލްވާން ވަނީ ގުރުއާނަށް އިހާނެތިކޮށް ހިތައި އަންދާލާފައެވެ. އެއާއެކު އެ ސަރަހައްދުގައި ގިނަ ހަމަނުޖެހުންތަކެއް ހިނގައި މުޒާހަރާތައް ވަނީ ކޮށްފައެވެ.
ސްޓޮކްހަމްގެ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނީ ސަލްވާން މަރާލާފައިވަނީ ފަސް މީހަކު ގުޅިގެން ކަމަށާއި އެ ފަސް މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.
ބަޑިން ހަމަލާދިނުމުން އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް އިއްޔެ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ