އައްޑޫ ސިޓީ ހަންކެޑެ ޑާޓާ ލިންކް ރޯޑު، އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އައްޑޫ ރޯލް އެންޑް ސްޓޯމްވޯޓާ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ނިންމާފައިވާ ކަމަށާއި އައްޑޫ ސިޓީ ހަންކެޑެ ޑާޓާ ލިންކް ރޯޑު، އަންނަ މަހުގެ ފުރަތަމަ ދުވަހު އާންމުންނަށް ހުލުވާލާނެ ކަމަށެވެ.
އެ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއު ސަރުކާރާ ހަވާލުކުރީ 2024 އޮގަސްޓު 11ވަނަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރް އައްޑޫ ސިޓީއަށް ވަޑައިގެން، އައްޑޫ ހައި ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 184.3 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫގެ ދެ ސަރަހައްދެއް ހިމެނޭހެން 80 ހެކްޓަރު، މަރަދޫ އަދި މަރަދޫ-ފޭދޫގައި 76 ހެކްޓަރު، އައްޑޫ ޑީޓުއާ ލިންކް އެންބޭންކްމަންޓަށް ބޭނުންވާ 3.3 ހެކްޓަރު އަދި ފަތުރުވެރިކަމަށް ހާއްސަކޮށްގެން ހިއްކި 8.3 ހެކްޓަރުގެ ތިން ރަށެވެ.
ހިއްކި ބިންތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ޖުމުލަ ހަތް ކިލޯމީޓަރުގެ ބޮޑުހިލަ ޖަހާފައިވާއިރު، ފަތުރުވެރިކަމަށް ހިއްކި ތިން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ޖުމުލަ 4.1 ކިލޯމީޓަރުގެ ޖިއޯޓިއުބް ތޮށި ލާފައިވެއެވެ.
ހަންކެޑެ ބްރިޖު މަޝްރޫއަކީ އައްޑޫ މަގު ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ބައެކެވެ. ދިގުމިނުގައި 1.5 ކިލޯމީޓަރުގެ އެ މަގު ހެދީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ކައިރިން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑެއާއި މަރަދޫއާ ގުޅާލުމަށްޓަކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު