ހއ. މޮޅަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ބެހެއްޓުމަށް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
ރައީސް މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މޮޅަދޫއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން އެކަމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ. މޮޅަދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް މުހައްމަދު ސިނާދެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ ހއ. މުރައިދުއާއި ތަކަންދުއާއި މާރަންދޫގައިވެސް ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ކައުންސިލާ ހަވާލުކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމެވެ. ބީއެމްއެލްއިން ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ހިދުމަތް ފޯރުކޮށްދެމުން އަންނައިރު، އެކުންފުނީގެ އަމާޒަކީ މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު