ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ހއ. އިހަވަންދޫގައި ރަސްމީކޮށް ފަށައިފިއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
ސަރުކާރުން ބުނީ އެ ހިދުމަތާއެކު "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް އިހަވަންދޫން ނެގުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އިހަވަންދޫގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށާފައިވާ އިރު، އެ އަތޮޅު ދިއްދޫގައި ވެސް އިއްޔެ ވަނީ އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފައެވެ.
އައިޑީކާޑާއި ޕާސްޕޯޓު އަވަހަށް ފޯރުކޮށްދިނުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެ ވައުދުގެ ދަށުން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާހުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު