ހއ. މާރަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ބެހެއްޓުމަށް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
ރައީސް މުއިއްޒު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު މާރަންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން އެކަމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މުހައްމަދު ޝަރީފެވެ. މާރަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް ޖައިލަމް ހާރޫނެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ ހއ. މުރައިދޫއާއި ތަކަންދޫގައިވެސް ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ކައުންސިލާ ހަވާލުކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމެވެ. ބީއެމްއެލްއިން ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ހިދުމަތް ފޯރުކޮށްދެމުންދާ އިރު، އެކުންފުނީގެ އަމާޒަކީ މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު