ހއ. ދިއްދޫގައި އައިޑީ ކާޑުގެ ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
ދިއްދޫގައި އައިޑީ ކާޑުގެ ހިދުމަތް އިފްތިތާހުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުުފުޅުގައި އިއްޔެ ދިއްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެ ހިދުމަތް ދިއްދޫގައި އިފުތިތާހުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ މިދިޔަ އަހަރު ވަނީ މަޝްރޫއެއް ފަށައިފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު