ސައިފް އަލީ ޚާނަށް ދިން ހަމަލާއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މުންބާއީ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ހައްޔަރުކުރީ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ ބެންގާލުންނެވެ. މި އަންހެންމީހާ މުންބާއީއަށް ގެނައުމަށްޓަކައި އަމުރެއް ހޯދަން ޖެހިދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މީހާއަކީ ކުރީން ހައްޔަރުކޮށްފައިވާ، ޝަރީފުލް އިސްލާމްއާ ގުޅުން ހުރި މީހެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މުންބާއީ ފުލުހުން އިއްޔެ ވެސްޓް ބެންގާލުގެ ނަދިއާ ޑިސްޓްރިކްޓުގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޚުޚުމޮނީ ޖަހަންގީރު ޝެއިޚް ނަމަކަށް ކިޔާ އަންހެނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، މި ހަމަލާއާ ގުޅިގެން ކުރީން ހައްޔަރު ކުރި ޝަރީފުލް އިސްލާމް ބޭނުންކުރި ސިމް ކާޑު ރަޖިސްޓަރީކޮށްފައި އޮތީ މި އަންހެންމީހާގެ ނަމުގައެވެ.
ފަހުގެ ހަބަރުތަކުގައިވާ ގޮތުގައި ތުހުމަތުކުރެވޭ ޝަރީފުލް ފުލުހުންނަށް އެއްބާރުމެއް ނުދެއެވެ. އޭނާގެ ލޭގެ ސާމްޕަލްތަކާއި ހެދުންތަކުގެ ފޮރެންސިކް ޓެސްޓުތައް އަންނަނީ ކުރެވެމުންނެވެ. ކުރިން ލިބުނު މައުލޫމާތުގައިވާ ގޮތުން، ޝަރީފުލްގެ އިނގިލީގެ ނިޝާން ސައިފްގެ ގެއިން ފެނުނު ނިޝާންތަކާ ދިމާނުވާ ކަން ވަނީ ހާމަވެފައެވެ. އިތުރަށް ޔަގީންކުރުމަށްޓަކައި، ފުލުހުން ވަނީ އިތުރު ސާމްޕަލްތަކެއް ޓެސްޓުކުރުމަށް ފޮނުވާފައެވެ.
ތަހުގީގުން ހާމަވެފައިވަނީ ހާދިސާ ހިނގިތަނުން އިނގިލީގެ 19 ނިޝާން ފެނިފައިވާ ކަމަށާއި، އެ ނިޝާންތައްވެސް ޝަރީފުލްގެ ނިޝާންތަކާ ދިމާނުވާ ކަމަށެވެ. އެހެންކަމުން، ފުލުހުން ވަނީ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އިތުރު ސާމްޕަލްތަކެއް ޓެސްޓުކުރުމަށް ހުށަހަޅާފައި ކަމަށް ރިޕޯޓިތައް ބުނެއެވެ.
ޝަރީފުލް އަކީ ބަންގްލަދޭޝްގެ މީހެއް ކަމަށާއި، އޭނާ އިންޑިއާއަށް ވަދެފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ތަހުގީގުން ވަނީ އެނގިފައެވެ. ފުލުހުންނަށް އޭނާ ދިން ބަޔާނާ ހަވާލާދީ ރިޕޯޓުތަކުގައި ވާ ގޮތުގައި، ބަޔަކު ވަނީ ފައިސާ ދިނުމުން ރައްޔިތުކަމުގެ ފޭކު ލިޔުމެއް ހަދައިދޭނެ ކަމަށް އޭނާ ކައިރީ ވައުދުވެފައެވެ. ފައިސާ ހޯދުމުގެ މަސައްކަތް ކުރަނީ އެކަމަށް ކަމަށް ވެސް ބުނެފައިވެއެވެ. ފުލުހުން މިހާރު އަންނަނީ މި ވައުދުތައް ކުރި ކަމަށް ބުނެވޭ މީހާއާ ބެހޭ ތަހުގީގުކުރަމުންނެވެ.
ތުހުމަތުކުރެވޭ މީހާ ދެނެގަތުމަށްޓަކައި، ފުލުހުން ވަނީ ވެސްޓަން ރެއިލްވޭގެ އެހީ ހޯދާފައެވެ. އެގޮތުން، މޫނު ދެނެގަންނަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގެއަށް ވަދެގަތް މީހާގެ ސިފަތައް އެކި ލީޑުތަކާ އަޅައިކިޔާފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން