ފުވައްމުލައް ސިޓީގައި ކްރިއޭޓާ ހަބެއް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފުވައްމުލަކުގައި ހުންނަ ލޯކަލް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައި ކްރިއޭޓާ ހަބެއް ގާއިމުކުރުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު ސޮއިކުރީ މިއަދު އެކަމަށްޓަކާ ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު މުހައްމަދެވެ. ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގެވެ.
ބީސީސީން ބުނީ، މާލޭގައި ހަދާ ކްރިއޭޓާ ހަބްގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކްރިއޭޓާ ހަބްތަކެއް ގާއިމުކުރުމުގެ މަގުސަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބި ފަންނުވެރިންނާއި ވީހާވެސް ގާތުން ހިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
ޒިޔާއު ވިދާޅުވީ، އަތޮޅުތަކުގައި ގާއިމުކުރެވޭ ކްރިއޭޓާ ހަބްތަކާއެކު ރައީސްގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ފަންނުވެރި އިގުތިސާދެއް ބިޔާނުކުރުމަށް ކުރާ މަސައްކަތް ހަލުވި ވެގެންދާނެ ކަމަށާއި އަދި ފަންނުވެރިންނަށް ފުރުސަތުތައް ފަހިވުމާއެކު ދިމާވާ ދަތިތަކަށް ހައްލުވެސް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު