ރ. ކިނޮޅަހުގައި ލޯކަލް ޓޫރިޒަމް ފެށުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކިނޮޅަހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކިނޮޅަހުގައި ލޯކަލް ޓޫރިޒަމް ފެށުމަކީ އެ މަނިކުފާނު ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި އެ ރަށުގެ ރައްޔިތުންގެ ވިސްނުމަކީ ވެސް ތަފާތު ކޮންސެޕްޓެއްގައި އެކަން ކުރިއަށްގެންދިއުން ކަމަށެވެ.
"އެކަމަށް ހިތްވަރުދެން، ސަރުކާރުން އެހީތެރިކަން ދޭނަން. އެއީ އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ކަމެއް، މި ރަށުގައި ތިބޭފުޅުން ބޭނުންވާ ގޮތަށް ލޯކަލް ޓޫރިޒަމްގެ ކަންތައް ކަނޑައަޅާފައި އޮންނަ ސަރަހައްދުގައި ފެށޭ ގޮތް ވާން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމަށް ދޭ އެހީތެރިކަމެއްގެ ގޮތަށް، ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާގެ އެކްސްޓެންޝަންގެ ކަންތައް ކޮށްދެއްވާނެ ކަމަށާއި އެހެންކަމުން އެކަން ހަމަޖެހުނީމަ ޓޫރިޒަމްގެ ދާއިރާއަށް ވަދެވިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން ރައީސް ވަނީ ކިނޮޅަހަށް ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ އިން ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު