ހިފެހެއްޓި ރޯލިން ޓޮބޭކޯގެ ޝިޕްމަންޓުތައް ދޫކޮށްލީ އެއީ ގާނޫނަކުން އެ ތަކެތި އެތެރެކުރުން މަނާކޮށްފައި ނުވާތީ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
މި ޝިޕްމަންޓްތައް ކަސްޓަމްސް އިން ހިފެހެއްޓީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށް ހެލްތް މިނިސްޓްރީން ކަސްޓަމްސް އަށް އެންގުމުންނެވެ. ނަމަވެސް އެތަކެތި ކަސްޓަމްސް އިން ފަހުން ވަނީ ދޫކޮށްލައިފައެވެ.
އެކަމާއި ގުޅިގެން ކަސްޓަމްސް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ އިދާރާއަކީ ތަންފީޒީ އިދާރާއެއް ކަމަށްވާތީ ކަސްޓަމުން ހިފަހައްޓާނީ ގާނޫނަކުން ރާއްޖެ އެތެރެކުރުން މަނާ ކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށެވެ. އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއްވެސް ކުލިއާކުރާ މަރުހަލާގައި ކަސްޓަމުން ބަލަންޖެހޭ އެކިއެކި ބެލުންތައް ބެލުމަށްފަހު، އެ މުދަލެއް ގާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނުވާ ނަމަ އެ މުދަލެއް ދޫކުރަމުންގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ޑީސެމްބަރު މަހު ރައީސް ތަސްދީގުކުރައްވާފައިވާއިރު އެ ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އެފެއްދުންތައް ރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު