މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީގު އިންތިހާބުކޮށްފިއެވެ.
ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރެޒެންޓަރެއްްގެ ގޮތުގައި މަސައްކަތް ކުރެއްވި ސަފާ ބްރޯޑްކޮމަށް އައްޔަންކުރީ ސެޕްޓެމްބަރު 2023 ގައެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ ރައީސްގެ މަގާމަށް ސަފާ އިންތިހާބު ކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ. އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ.
ބްރޯޑްކޮމްގެ ރައީސްކަމަށް ސަފާ އިންތިހާބު ކުރި އިރު، އެ ކޮމިޝަންގެ މެމްބަރުކަމުން ހުސްވެފައިވާ ދެ މަގާމަށް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އައްޔުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު