މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ.

މޯލްޑިވްސް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ދިހަވަނަ މޯލްޑިވްސް މެރިން އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައިވަނީ މެންހެޓަން ބިޒްނަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން އަންނަ މަހުގެ 6 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގަލްފްކްރާފްޓް މޯލްޑިވްސް، ޖަލްބޫޓް މެރިން ސާވިސަސް އަދި ޕޮލަރިސް ނެވިގޭޓާސް އިން ޕާޓިނާޝިޕް ވިތު އަލް ދައެން އެވެ.

  • އޮފިޝަލް ބޯޓް ބިލްޑާ: އަލްޝާލީ މެރިން މޯލްޑިވްސް
  • އޮފިޝަލް އެޑްވެންޗާ ޕާޓްނަރު: ސީ ގިއާ
  • އޮފިޝަލް ސަޕްލަޔާ: ޕާމް ޓްރީ މެރިން
  • އޮފިޝަލް ޕްރޮޑަކްޓް: ހަސަން މެރިން އިންޖިނިއަރިން ސާވިސަސް
  • އޮފިޝަލް ބޯޓްޔާޑް: މެރިން މާސްޓާ
  • އޮފިޝަލް ވޯޓާސްޕޯޓްސް ޕާޓްނަރު: އޯޝަން ގްރޫޕު
  • އޮފިޝަލް މެރިން އިންޖީން: މެރިން ވައިބް
  • އޮފިޝަލް ލޮޖިސްޓިކްސް ޕާޓްނަރު: މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)
  • އޮފިޝަލް ޑޮކިން ޕާޓްނަރު: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)
  • އޮފިޝަލް ވޯޓާ ޓްރީޓްމަންޓް ޕާޓްނަރު: ދަ މެކޭނިސަމް
  • އޮފިޝަލް މެރިން ޕެއިންޓް: އޯޝަން މާސްޓާ ބައި ދަމާސް
  • އޮފިޝަލް ލަގްޒަރީ ޕްރޮޑަކްޓް: ޖެޓްކާ މޯލްޑިވްސް
  • ޑިޖިޓަލް ޕާޓްނަރު: އުރީދޫ މޯލްޑިވްސް
  • ޕްރިންޓް ޕާޓްނަރު: ޕްރިންޓް ލެބް ކްރިއޭޓިވް
  • ބްރޯޑްކާސްޓިން ޕާޓްނަރު: އެންޓީވީ
  • ޓެބްލޮއިޑް ޕާޓްނަރު: ދަ އައިލެންޑްޗީފް
  • ސެކިއުރިޓީ ޕާޓްނަރު: ގޭޖް ސެކިއުރިޓީ ސާވިސަސް
  • ސެޓަޕް ޕާޓްނަރު: އަސަރީ ސާވިސަސް
  • ސައުންޑް އެންޑް ލައިޓްސް: މޯލްޑިވްސް މޮމެންޓްސް
  • ބެވަރޭޖް ޕާޓްނަރު: ޝޮޓްސް
  • އެޕަރެލް ޕާޓްނަރު: ފިޝްޕީޕަލް

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ.