ފުލުހުން ވަނީ ބޮލީވުޑް ތަރި ސައިފް އަލީ ޚާންގެ މުމްބާއީގައި ހުރި ގެއަށް ވަދެ އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މަހާރާޝްޓްރާގެ ތާނޭ ސަރަހައްދުން މީހަކު ހައްޔަރުކޮށްފައެވެ. ޝައްކުކުރެވޭ މީހާއަކީ 30 އަހަރުގެ މުހައްމަދު ޝަރީފުލް އިސްލާމް ޝަހްޒާދް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރެވުނީ ކަސަރްވަދަވާލީގައި ހުންނަ ހިރަނަންދާނީ އެސްޓޭޓް ކައިރިންނެވެ. މިތަނަކީ ސައިފްގެ ގެއާ ގާތްގަނޑަކަށް 35 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު މި މީހާ ސައިފަށް ވަޅިން ދިން ހަމަލާގައި ސައިފުގެ ކަރާއި މައިބަދަ ކައިރީގެ އިތުރުން ހަށިގަނޑުގެ އެތައް ތަނެއް ވަނީ ޒަހަމް ވެފައެވެ. ބޮޑު ދެ އޮޕަރޭޝަނަށްފަހު މިހާރު ސައިފުވަނީ ނުރައްކަލުން ސަލާމަތް ވެފައެވެ.
ސައިފަށް ވަޅިން ހަމަލާދިން މައްސަލައިގައި ޝައްކު ކުރެވޭ މީހާ ހައްޔަރުކުރުމަށްފަހު މުމްބާއީ ފުލުހުން ވަނީ މުހިންމު ފަސްކަމެއް ހާމަކޮށްފައެވެ.
ޝައްކުކުރެވޭ މީހާއަކީ 30 އަހަރުގެ މުހައްމަދު ޝަރީފުލް އިސްލާމް ޝަހްޒާދް ކަމަށް ދެނެގަނެވިފައިވާއިރު، އޭނާ ހައްޔަރުކުރެވުނީ ސައިފްގެ ބާންދްރާގައި ހުރި ގެއާ ގާތްގަނޑަކަށް 35 ކިލޯމީޓަރު ދުރުގައި އޮންނަ ހިރަނަންދާނީ އެސްޓޭޓް ކައިރިންނެވެ. ފުލުހުންގެ ތަހުގީގުތަކުން ދައްކާ ގޮތުގައި ހަމަލާދިން މީހާއަކީ ބަންގްލަދޭޝްގެ މީހެއް ކަމަށް ބެލެވެއެވެ.
ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހާ މުމްބާއީއަށް ގޮސްފައިވަނީ ހަމަލާދިނުމުގެ ހައެއްކަ މަސް ކުރިންނެވެ.
ފުރަތަމަ ރިޕޯޓުތަކުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މީހާ މަސައްކަތްކުރީ ތާނޭގައި ހުރި ޕަބެއްގައި ކަމަށެވެ. ނަމަވެސް މިހާރު މުމްބާއީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހަމަލާދިން މީހާ މި ހާދިސާ ހިނގުމުގެ ކުރިން މަސައްކަތްކުރީ ގޭގެއަށް އެކި ކަހަލަ ހިދުމަތް ދޭ އޭޖެންސީއެއްގަ އެވެ.
މިހާތަނަށް ކުރެވުނު ތަހުގީގުތަކުން ދައްކާ ގޮތުގައި ސައިފަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހާގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ބުނެއެވެ.
ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު ޝަރީފުލް އިސްލާމް ޝަހްޒާދް އޭނާގެ ނަން ބަދަލުކޮށްފައިވަނީ ވިޖޭ ދާސް އަށެވެ. އޭނާ އެހެން އެތައް ނަމެއްވެސް ބޭނުންކޮށްފައިވެއެވެ. މީގެ ތެރޭގައި ބިޖޯއި ދާސް، ވިޖޭ ދާސް، މުހައްމަދު އިލްޔާސް، އަދި ބީޖޭ ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން