ނައިޖީރިއާގެ ތެޔޮ ޓޭންކަރެއް ގޮވައި 60 މީހަކު މަރުވެއްޖެއެވެ.
ނައިޖީރިއާގެ އުތުރުގެ ސަރަހައްދެއްގައި ހިނގި އެ ހާދިސާގައި ދުއްވާފައި ދިޔަ ތެޔޮ ޓޭންކަރު ގޮވީ ފުރޮޅާލައި ތެޔޮތައް ފޭބުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ ހިނގި އެ ހާދިސާގައި 60 މީހުން މަރުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ޓޭންކަރު ގޮވީ، އެ ސަރަހައްދަށް ފޭބި ތެޔޮތައް ނެގުމުގެ މަސައްކަތުގައި އާންމުންގެ ގިނަ ބަޔަކުވެސް ޝާމިލުވެ އުޅެނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުރޮޅާލި ޓޭންކު ގޮވުމާއެކު އަލިފާންގަނޑު ފެތުރި އެހެން ޓޭންކަރެއްގައި ވެސް ހުޅު ހިފި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނައިޖީރިއާގައި މި އެކްސިޑެންޓު ހިނގައި ބަޔަކު މަރުވެފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ހިނގި ހަމަ އެފަދަ ހާދިސާއެއްގައި 147 މީހަކު މަރުވި ސަރަހައްދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ