ލޮސް އެންޖަލެސްގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި ނުރައްކާވެފައިވަނީ ހަމައެކަނި އިންސާނުންނަކަށް ނޫނެވެ. ޖަނަވާރުތައްވެސް ވަނީ ނުރައްކަލުގެ ތެރޭގައެވެ. މި ބިރުވެރި ކާރިސާގެ ތެރޭގައި، ވިލިއަމް މެކްނަމާރާ ފަދަ ބައެއް ބަތަލުން އެހީތެރިވުމަށް ނުކުމެ، ގިނަ އަދަދެއްގެ ދޫނިތަކާއި ޖަނަވާރުތައް ސަލާމަތްކުރިއެވެ.
"ޑޫއިން ޓައިމް އޮން މޭޕަލް ޑްރައިވް" ގައި ފެނިގެންދިޔަ މި ތަރި ވަނީ ގިނަ އަދަދެއްގެ ޖަނަވާރުތައް ގެންގުޅޭ ގޭބިސީތަކުގެ ވެރިންނާ ވާހަކަދައްކައި، އެމީހުންގެ ގެތަކުން އެ ޖަނަވާރުތައް ސަލާމަތްކުރުމަށް އެހީވެފައެވެ.
އިންސްޓަގްރާމަށް ލާފައިވާ ވީޑިއޯތަކުން ފެންނަނީ ވިލިއަމް ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަތްކުރަމުން އަންނަ މަންޒަރުތަކެކެވެ. އޭނާ ވަނީ ވީރާނާވެފައިވާ ސަރަހައްދުތަކައި ހުރި ގޭބިސީތަކުން ޖަނަވާރުތައް ހޯދާ މަންޒަރާއި އެ ޖަނަވާރުތަކުގެ ވެރީންނަށް އެ ޖަނަވާރުތައް ގުޅުވައިދީފައެވެ. ލޮސް އެންޖަލެސްގެ އަލިފާނުގެ ހާދިސާއިން ރައްކާތެރިކަމާއެކު ސަލާމަތްކުރެވިފައިވާކަން ޔަގީންކޮށްދީފައެވެ.
މިހާތަނަށް، އޭނާ ވަނީ ސޯޝަލް މީޑިއާއަށް 1000 އަށްވުރެ ގިނަ ވީޑިއޯ އަޕްލޯޑްކޮށްފައެވެ. އޭގެތެރެއިން ބައެއް ވީޑިއޯތަކުގައި އޭނާއާއެކު ފަޔަރ އެންޑް ރެސްކިއު މީހުން ހަރަކާތްތެރިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ