މޯލްޑިވް ގޭހުން ވިއްކާ 45 ކިލޯ ގޭސް ފުޅި އަގުހެޔޮކޮށްފިއެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އެލްޕީޖީ 45 ކިލޯ ސިލިންޑަރެއް ވިއްކާނީ 1،170 ރުފިޔާއަށް ކަމަށެވެ. ކުރިން އެ ސައިޒުގެ ގޭސް ފުޅި ވިއްކީ 1260 ރުފިޔާއަށެވެ.
މޯލްޑިވް ގޭހުން ބުނި ގޮތުގައި މި ބަދަލާއެކު ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އަދި މިއީ ހަކަތައިގެ ވަސީލަތްތައް އަގުހެޔޮކުރަން އެ ކުންފުނިން ދޭ ހާއްސަ އަހަމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ބުންޏެވެ.
މޯލްޑިވް ގޭހުން އިތުރަށް ބުނީ، މެދުނުކެނޑުމެއް ނެތި އެންމެ ރައްކާތެރި ގޮތުގައި އަދި އެއް ކޮލިޓީއެއްގައި ގޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަބަދުވެސް އަމާޒު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު