މިދިޔަ ޑިސެމްބަރު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 2.33 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, މި އަދަދަކީ 2023 އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 4.7 ޕަސެންޓު އިތުރު އަދަދެކެވެ. އަދި، އެ މަހުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 20.1 ޕަސަންޓު އިތުރު އަދަދެކެވެ.
ޑިސެމްބަރު މަހު މީރާއަށް ބަލަިއގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީއެސްޓީ އެވެ. އެއީ 57.34 ޕަސެންޓު ނުވަތަ 1.33 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައެވެ. އެއީ 378.55 މިލިއަން ރުފިޔާ އެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 116.16 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި 109.46 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 95.39 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިފައިވެއެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 93.93 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު މީރާއަށް ވަނީ 112.75 މިލިއަން ޑޮލަރު ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު