ގދ. ރަތަފަންދުއިން (ޢަލީ ޔާމީން، ވަން އޮންލައިން)
ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ހަދާ އައިސްޕްލާންޓްތަކުގެ މަސައްކަތް ލަސްވަނީ ބައެއް އިދާރީ ކަންކަން ހުރުމުން ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި ރަށު ކައުންސިލުން ވަނީ މި ރަށުގައި ހަދާ އައިސް ޕްލާންޓްގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިފައެވެ.
އެކަމަށް އިޝާރާތްކުރައްވައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި ރަށުގެ އައިސް ޕްލާންޓްގެ މަސައްކަތް ކުރަނީ ސައުދީ ފަންޑުގެ އެހީގައި ކަމަށެވެ.
"ބައެއް އިދާރީ ޕްރޮސީޖާތައް ހުރުމުން ލަސްވަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސައުދީ ފަންޑުގެ އެހީގައި ހަދާ އައިސް ޕްލާންޓްތަކުގެ މަސައްކަތައް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ސައުދީ ފަންޑުގެ އެހީގައި ފަސް ރަށެއްގައި އައިސް ޕްލާންޓް ހެދުމަށް ވަނީ މިފްކޯއާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު