81 ވަނަ ގޯލްޑަން ގްލޯބް އެވޯޑްސް ގައި "އައިމް ސްޓިލް ހިއަރ" ފިލްމުގައި ދައްކައިދިން މޮޅު ހުނަރުން ފެނާންޑާ ޓޯރެސް އަށް މޯޝަން ޕިކްޗަރ ކެޓަގަރީން އެންމެ މޮޅު އެކްޓްރެސްގެ މަގާމު ލިބިއްޖެއެވެ. މީގެ އިތުރުން "ޓްރޫ ޑިޓެކްޓިވް: ނައިޓް ކަންޓްރީ" ގައި އަދާކޮށްފައިވާ ރޯލުގެ ސަބަބުން ޖޯޑީ ފޮސްޓާއަށް އެންތޮލޮޖީ ސީރީޒް، ނުވަތަ ޓެލެވިޒަނަށް ހެދި މޯޝަން ޕިކްޗާގެ ކެޓަގަރީން އެންމެ މޮޅު އެކްޓްރެސްގެ މަގާމު ވަނީ ލިބިފައެވެ.
ފެނާންޑާ އަށް މިއީ ވަރަށް ހާއްސަ ކާމިޔާބީއެކެވެ. އޭނާގެ މަންމަ، ފެނާންޑާ މޮންޓެނެގްރޯ، އަކީ 1999 ގައި ރިލީޒްކުރި "ސެންޓްރަލް ސްޓޭޝަން" ފިލްމުގައި މަސައްކަތް ކުރުމުން މި ޝަރަފުވެރި އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ ބްރެޒިލިއަން އެކްޓްރެސް އެވެ. މިއާއެކު ޓޯރެސްއަކީ މި ނޮމިނޭޝަން ހޯދި ދެވަނަ އެކްޓްރެސްއެވެ. އޭނާ މި އެވޯޑު އޭނާގެ މަންމައަށް ހާއްސަކޮށްފައެވެ.
62 އަހަރުގެ ޖޯޑީ އަށް އެވޯޑު ލިބިފަވަނީ 'ޑިސްކްލެއިމަރ' އަށް ކޭޓް ބްލާންޗެޓް، 'ގްރިސެލްޑާ' އަށް ސޯފިއާ ވަރގާރާ، 'ދަ ޕެންގުއިން' އަށް ކްރިސްޓިން މިލިއޯޓީ، 'ދަ ރެޖީމް' އަށް ކޭޓް ވިންސްލެޓް، އަދި 'ފިއުޑް: ކެޕޯޓް ވަރސަސް ދަ ސްވޯންސް' އަށް ނައޯމީ ވޯޓްސް ފަދަ ފަންނާނުންނާ ވާދަކޮށްގެންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން