ގޯލްޑަން ގްލޯބް އެވޯޑްސްގެ އިނާމު ލިބޭ ފަރާތްތައް އިއުލާނުކުރަމުން އަންނައިރު، ޝޯގަން އަނެއްކާވެސް އޭނާގެ ގާބިލުކަން ސާބިތުކޮށްދީފިއެވެ. މި ތާރީޚީ ފިކްޝަން ސީރީޒަށް 2025 ވަނަ އަހަރުގެ އެންމެ މޮޅު ޑްރާމާ ސީރީޒްގެ އިނާމާއި އިތުރު އެތައް އިނާމެއް ލިބިފައިވެއެވެ. ގޯލްޑަން ގްލޯބް އެވޯޑްސް ކުރިޔަށް ދިޔައީ ކެލިފޯނިއާގެ ބެވަރލީ ހިލްސްގައި ހުންނަ ބެވަރލީ ހިލްޓަން ހޮޓެލްގައެވެ.
މި ސީރީޒްގެ ކާމިޔާބީގެ އިތުރުން، މި ސީރީޒްގައި ތޯދާ މަރިކޯގެ ދައުރު އަދާކުރާ އަންނާ ސަވާއީއަށް ވަނީ އެންމެ މޮޅު އެކްޓްރެސްގެ އިނާމު ލިބިފައެވެ.
މީގެ އިތުރުން، މި ޝޯއަށް ލިބުނު މުހިންމު އެވޯޑުތަކުގެ ތެރޭގައި ހިރޯޔުކި ސަނާދާ އަށް އެންމެ މޮޅު ލީޑް އެކްޓަރުގެ މަގާމު ލިބުން ހިމެނެއެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އިނާމު ލިބުނީ ތަދަނޯބު އަސާނޯއަށެވެ.
ސަވާއީ ނޮމިނޭޓްވެފައިވަނީ ޓެލެވިޒަން ސީރީޒް-ޑްރާމާގެ ގިންތީގައި އެންމެ މޮޅު އެކްޓްރެސްގެ ގޮތުގައެވެ. މި ގިންތީގައި އޭނާއާއެކު ނޮމިނޭޓްވެފައި ވަނީ "މެޓްލޮކް" އިން ކެތީ ބޭޓްސް، "ހައުސް އޮފް ދަ ޑްރެގަން" ގެ ތަރި އެމާ ޑާސީ، އަދި "މިސްޓަ އެންޑް މިސަސް ސްމިތް" އިން މާޔާ އަރސްކައިންއެވެ.
އެންމެ މޮޅު ޓެލެވިޒަން ސީރީޒް/ޑްރާމާގެ ގިންތީގައި، "ޝޯގަން" ނޮމިނޭޓްވެފައި ވަނީ އަންނަނިވި ސީރީޒްތަކާ އެކުގައެވެ:
1. ދަ ޑޭ އޮފް ދަ ޖެކަލް
2. ދަ ޑިޕްލޮމެޓް
3. ސްލޯ ހޯސަސް
4. ނެޓްފްލިކްސްގެ ކޮރެއާގެ މަޝްހޫރު ސީރީޒް ސްކުއިޑް ގޭމް
5. މިސްޓަރ އެންޑް މިސަސް ސްމިތް
މި އިނާމު ލިބިގަތުމަށް ސްޓޭޖަށް ދިޔައީ "ޝޯގަން" ގެ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު، ޖަސްޓިން މާކްސް އެވެ.
އެއާއެކު، ހިރޯޔުކި ސަނާދާ ވެގެންދިޔައީ ޓެލެވިޒަން ސީރީޒް-ޑްރާމާގެ ގިންތީގައި އެންމެ މޮޅު އެކްޓަރަށެވެ. މި ގިންތީގައި އޭނާގެ ނަން ފެނިގެން ދިޔައީ މޮޅެތި އެހެން ހުނަރުވެރިންގެ ތެރޭގައެވެ. އޭގެ ތެރޭގައި ހިމެނެނީ:
1. "މިސްޓަރ އެންޑް މިސަސް ސްމިތް" އަށްޓަކައި ނޮމިނޭޓްވި ޑޮނަލްޑް ގްލޯވަރ
2. "ޕްރިޒިއުމްޑް އިނޮސަންޓް" އަށްޓަކައި ޖޭކް ޖިލެންހާލް
3. "ސްލޯ ހޯސަސް" އަށްޓަކައި ގެރީ އޯލްޑްމަން
4. "ދަ ޑޭ އޮފް ދަ ޖެކަލް" އަށްޓަކައި އެޑީ ރެޑްމޭން
5. "ލޭންޑްމަން" އަށްޓަކައި ބިލީ ބޮބް ތޯންޓަން
"ޝޯގަން" އަކީ އިނގިރޭސި ކަނޑުދަތުރުވެރިއެއް ކަމުގައިވާ ވިލިއަމް އެޑަމްސްގެ ވާހަކައަށް ބިނާކޮށް ހަދާފައިވާ ސީރީޒްއެކެވެ. މި ސީރީޒްގައި އޭނާގެ ދައުރު އަދާކުރަނީ ކޮސްމޯ ޖާވިސް އެވެ. އަދި އޭނާގެ ނަން ބަދަލުކޮށްފައިވަނީ ޖޯން ބްލެކްތޯންއަށެވެ.
މި ސީރީޒްގައި ދައްކައިދެނީ ފިއުޑަލް ޖަޕާނުގައި ބްލެކްތޯންގެ ތަޖުރިބާ އެވެ. އަދި ސަނާދާ އަދާކުރާ ލޯޑް ޔޮޝީ ތޮރަނާގާއާ އޭނާގެ ގުޅުމުގެ ވާހަކަވެސް ބަޔާންކުރެވިފައިވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން