ޓްރަމްޕް އިންޓަނޭޝަނަލް ހޮޓަލުގެ ބޭރުގައި ސައިބާޓްރަކް ގޮއްވާލީ އެމެރިކާ ސިފައިންގެ މީހެއް ކަމަށް އޮފިޝަލުން ބުނެފިއެވެ.
އެމެރިކާގެ ލަސްވޭގަސްގައި ހުންނަ ޓްރަމްޕް ހޮޓެލްގެ ބޭރުގައި އޮތް ޓެސްލާގެ ސައިބާޓްރަކް ގޮއްވާލި ހާދިސާގެ ތަހުގީގުން މިހާތަނަށް ހާމަވެފައިވާ ކަންކަމުގެ ތެރެއިން އެހަމަލާ ދިނުމުގައި އެމެރިކާގެ ސިފައިންގެ މީހެއް ހިމެނޭ ކަމަށް ވަނީ ބެލެވިފައެވެ.
ބުދަ ދުވަހު ހިނގި އެހާދިސާގެ ތަހުގީގު ކުރިޔަށްދާ އިރު، އެހަމަލާގައި ގޮއްވާލާފައި ވަނީ ޓެސްލާގެ ސައިބާޓްރަކެކެވެ. ސައިބާޓްރަކް ގޮއްވާލި އިރު އެޓްރަކްގެ ފަހަތު ޑިކީއިން ވަނީ ގޮވާޒާތުގެ ބަޑިބޭހާއި ތެލުގެ އިތުރުން ފަޓާސް އަރުވަން ބޭނުންކުރާ އާލާތްތައް ފެނިފައެވެ.
އޮފިޝަލުން ބުނީ އެހަމަލާ ދިނުމުގައި ހަރަކާތްތެރިވެފައިވާ ކަމަށް މިހާތަނަށް ހޯދިފައިވާ މީހަކީ އެމެރިކާގެ ސްޕެޝަލް ފޯސްގައި ހަރަކާތްތެރިވާ ސީނިއާ އާމީ މެމްބަރެއް ކަމަށެވެ.
ރަސްމީ އިދާރާއަކުން އެމީހާގެ މައުލޫމާތު ހިއްސާ ކޮށްފައި ނުވި ނަމަވެސް އެމީހާ ވަނީ ޓެސްލާގެ ސައިބާޓްރަކް ކުއްޔަށް ހިފައިފައި ކަމަށް އޮފިޝަލުންނާއ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އެހާދިސާގައި އެކަކު މަރުވެ ހަތް މީހަކު ޒަހަމްވެފައިވާ އިރު އެފްބީއައި އިން ވަނީ އެއީ ޓެރަރިޒަމް ހަމަލާއެއް ކަމަށް ކަނޑައަޅައިފައެވެ.
އެފްބީއައި އިން ވަނީ އެހާދިސާގެ ތަހުގީގަށް ޓެސްލާއިން ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށާއި އެއުޅަނދުގެ މައުލޫމާތުތަކުގެ އިތުރުން އޭގެ އެންމެފަހުގެ ހަރަކާތްތަކުގެ މައުލޫމާތު ޓެސްލާއިން ހިއްސާކޮށްފައިވާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ