ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑުން ވިޔަފާރިކޮށްގެން، މިމަހު އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ މުއްދަތުގައި ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން، 200 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނޭނެ ކަމަށެވެ. އަދި ޕްރޮމޯޝަނުގައި ދޭ ބޮޑު އިނާމުގެ އިތުރުން ގުރުއަތުން ހޮވޭ ފަސް މީހަކަށް ކޮންމެ ދުވަހަކު 1،000 ރުފިޔާ ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ކަސްޓަމަރުންގެ ތަފްސީލު ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކޮށް، އެ ކަސްޓަމަރުންނަށް އަންގާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ޖުމުލަ 8،000 އަށްވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބީއެމްއެލް ކާޑު ބޭނުންކުރެވެއެވެ. ބީއެމްއެލް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، އެ ބޭންކުގެ ޕާޓްނާ މާޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކްރެޑިޓް ކާޑު މެންބަރުންނަށް އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެއެވެ.
އޭގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ރިވާޑް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބެއެވެ. ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެ އާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗާވެސް ލިބޭނެއެވެ.
ބީއެމްއެލްގެ މޮބައިލް ބޭންކިން އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު