ޓައިވާނުގެ ކުރީގެ ރައީސް ކޯ އެންޖެންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފިއެވެ.
ރައީސް ކޯ އެންޖެންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފައިވަނީ ވެރިރަށް ޓައިޕޭގައި ހިންގަން ހަމަޖައްސައިފައިވާ ރިއަލްއެސްޓޭޓް ޕްރޮޖެކްޓެއްގައި ބައި މިލިއަން ޑޮލަރުގެ ކޮރަޕްޝަން ހިންގި މައްސަލައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ އެންޖެންގެ މައްޗަށް މިއަހަރުގެ ކުރީ ކޮޅު އޮތް އެ ގައުމުގެ ރިޔާސީ ކެމްޕެއިންގައި ހަރަދު ކުރި ގޮތުގެ ތަފްސީލު ނުދިނުމުގެ މައްސަލައިގައިވެސް ދައުވާ އުފުލައިފައިވާ ކަމަށް ބުނެފައެވެ.
އުމުރުން 65 އަހަރުގެ އެންޖެންގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އޭނާއަށް 28.5 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.
އެންޖެންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގު ކުރުމަށް އޭނާ ހައްޔަރުކޮށްފައިވާއިރު އެންޖެން ވަނީ އެހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
އޮފިޝަލުން ވަނީ އެންޖެންގެ އިތުރުން އިތުރު 11 މީހެއްގެ މައްޗަށް ވެސް އެ މައްސަލައާ ގުޅުން ހުރި ކަމަށް ސާބިތުވެފައިވާތީ ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ޓައިވާނުގައި ނުފޫޒު ގަދަ ސިޔާސީ ފަރާތްތައް ހިމެނޭކަމަށް އޮފިޝަލުން ބުނެެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ