އިންޑޮނޭޝިއާގައި ޖީޕީއެސް ބޭނުންކޮށްގެން ސުނާމީ ދެނެގަންނާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑޮނޭޝިއާއިން ބުނެފައިވާ ގޮތުން ނަމަ، މި ނިޒާމަކީ، ކަނޑުގެ އުސްމިނަށް އަންނަ ބަދަލު ޖީޕީއެސް ބޭނުންކޮށްގެން ދެނެގަނެ އެއިން ލިބޭ މައުލޫމާތަށް ބިނާކޮށްގެން ސުނާމީ ދެނެގަތުމުގެ ގާބިލުކަން ލިބޭނެ ސިސްޓަމެކެވެ.

ދެކުނު އޭޝިއާގެ ކާރިސާތަކާބެހޭ މައި އެއް ޖަމިއްޔާ ސައުތު ބީއެންޕީބީ އިން ވަނީ އިންޑޮނޭޝިއާއިން އުފައްދާ އެ ސިސްޓަމް ކުރިޔަށް އޮތް ފަސް އަހަރު ތެރޭ ބޭނުންކުރެވޭވަރު ވާނެ ކަމަށް ބުނެފައެވެ.

އިންޑޮނޭޝިއާ އަކީ ދުނިޔޭގެ ނިސްބަތުން ބިންހެލުމާއި ސުނާމީ ފަދަ ގިނަ ކާރިސާތަކާ ކުރިމަތިލައިފައިވާ ގައުމެކެވެ.

2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި 9.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަށްފަހު އުފެދުނު ސުނާމީގައި ދެކުނު އޭޝިއާގެ އެކި ގައުމުތަކުން 230،000 މީހުން މަރުވެފައިވެއެވެ.