ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލާޝިޕް ފަންޑް 2024ގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުން ހޮވައިފިއެވެ.
- ރީޝަމް މުހައްމަދު
- ނޫރްހާން މުހައްމަދު މޫސާ
- އާއިޝަތު ޝަރާ ނަސީރު
މި ސްކޮލާޝިޕަކީ ތައުލީމީ ގޮތުން އެންމެ މަތީ ނަތީޖާ ހޯދާފައިވާ، ރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
މި އަހަރު ސްކޮލަޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވައި، ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ތައުލީމީ، ގާބިލު ޒުވާނުންނަށް އިންވެސްޓް ކުރުމަށް ބީއެމްއެލް އިން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
"މި ސްކޮލާޝިޕްތަކަކީ ހަމައެކަނި ދަރިވަރުންގެ ފަރުދީ ކުރިއެރުމަށް ލިބޭ ފުރުސަތެއްގެ އިތުރުން މިއީ ރާއްޖޭގެ ބޭންކިން އަދި ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްވެސްމެ." ޝަރީފު ވިދާޅުވިއެވެ.
ދެހާސް ބާވީސް ވަނަ އަހަރު ތައާރަފު ކުރި ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު ހަ ދަރިވަރުން އަންނަނީ އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު