ގައުމު ދޫކޮށް ދިއުމަކީ ކުރިން ރާވާފައިވާ ގޮތެއް ނޫން ކަމަށް ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އައްސަދު ވިދާޅުވެއްޖެއެވެ.
ސީރިއާގެ ރައީސްގެ ރަސްމީ ޓެލެގްރާމް އެކައުންޓު މެދުވެރިކޮށް އާންމުކޮށްފައިވާ ބަޔާނެއްގައި ބައްޝާރުލް އައްސަދު ވިދާޅުވީ ސީރިއާ ދޫކޮށް ދިއުމަކީ އެންމެ ފަހުވަގުތު ނިންމާފައިވާ ކުއްލި ނިންމެވުމެއް ކަމަށެވެ.
ބައްޝާރުލް އައްސަދު ވިދާޅުވީ އެގައުމުގެ ވެރިރަށް ދިމިޝްގު ހިފުމަށް ހަނގުރާމަވެރިން 8 ޑިސެމްބަރު ވީ އާދިއްތަ ދުވަހުގެ ފަތިހު ދިމިޝްގަށް ވަތް ވަގުތު ހުންނެވީ ގައުމުގައި ކަމަށާއި އެންމެ ފަހުވަގުތު ކަންކަން ބަދަލުވީ ކަމަށެވެ.
ހަނގުރާމަވެރިން ދިމިޝްގަށް އެރިވަގުތު އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރަޝިޔާގެ އެއާބޭސް އަކަށް ދަތުރުކުރެއްވި ކަމަށެވެ. އަދި ރަޝިޔާއަށް ވަޑައިގެންނެވީ އެގައުމުން އެދިގެން ކަމަށް ވިދާޅުވެފައެވެ.
އައްސަދާއި އޭނާގެ އާއިލާއަށް ރަޝިޔާއިން ވަނީ ހިމާޔަތްދީފައެވެ. އަދި އެނިންމުން ރަޝިޔާއިން ނިންމާފައިވަނީ އިންސާނިއްޔަތަށްޓަކައި ކަމަށް އައްސަދު ވިދާޅުވިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ