ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތާއެކު ވިލާ ކޮލެޖުގެ އާ ކެމްޕަސް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހުޅުވައިފިއެވެ.
މި ކެމްޕަސް މިއަދު ހުޅުވައިދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއެވެ.
މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރާއި ވިލާ ކޮލެޖްގެ ރެކްޓާ، ޑރ. އަހްމަދު އަންވަރުވެސް ބައިވެރިވެލެއްވިއެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުގެ އައްޑޫ ކެމްޕަސްއަކީ، މަތީ ތައުލީމުގެ ދާއިރާގައި ބޭނުންކުރާ އެންމެ ޒަމާނީ އަގުހުރި ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ ކެމްޕަސްއެއް ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަތޮޅުތަކުގައި މިފަދަ މަތީ ތައުލީމު ފޯރުކޮއްދޭ ކެމްޕަސްތައް ގާއިމްވެގެން ދިޔުމަކީ ރާއްޖޭގެ މަތީ ތައުލީމް އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.
ވިލާ ކޮލެޖުގެ އައްޑޫ ކެމްޕަސް ހެދުމަށް 25 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު