ދިމިޝްގުން ބޮޑު ކައްވަޅެއް ފެނިއްޖެއެވެ.
އެތައް ސަތޭކަ މީހުން އެއްފަހަރާ ވަޅުލާފައިވާ މި ބޮޑު ކައްވަޅު ފެނިފައިވަނީ ދިމިޝްގުގެ ހުސައިނިއްޔާ ޑިސްޓްރިކްޓުގެ ސަރަހައްދަކުންނެވެ. އެއީ ދިމިޝްގުގެ މައި އެއާޕޯޓާ ދުރުނޫން ހިސާބަކުން ފެނުނު ކައްވަޅެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން އެ ގައުމުގެ ހަނގުރާމަވެރިން ވައްޓާލުމާއެކު ބައްޝާރު ވަނީ ގައުމު ދޫކުރައްވައި ފިއްލަވައިފައެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލުމަށްފަހު ފަށާފައިވާ ތަހުގީގުތަކުން އެންމެފަހުން ފެނިފައިވާ ބޮޑު ކައްވަޅުގައި 100 ބައި ހުރިކަމަށާއި ކޮންމެ ބައެއްގައި މަތިމައްޗަށް މީހުން ފުނިޖަހައި ވަޅުލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ވަޅުލާފައިވާ މީހުންނަކީ އެގައުމުގެ ސިފައިން ގެނެސް ވަޅުލާފައިވާ މީހުން ކަމަށް ތަހުގީގުން ހާމަވެފައިވާކަމަށާއި އެމީހުންނަކީ ކޮންތާކުން ގެންނަ މީހުން ކަމެއް އަދި ހޯދިފައިނުވާކަމަށް ބުނެފައެވެ.
ސީރިއާގެ ދާހިލީ ހަނގުރާމައަށްފަހު އެ ގައުމުގެ ސަރުކާރާ އިދިކޮޅު މީހުން ޖަލަށްލައި ލާއިންސާނީ އަމަލު ހިންގާފައިވާކަމަށާއި ގިނަ ބަޔަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ވެރިކަން ވައްޓާލުމަށްފަހު ސީރިއާގައި ހިންގަމުންގެންދިޔަ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނެސްފައިވާކަމަށް އިދިކޮޅުން ބުނާއިރު ސީރިއާގައި އިންސާނިއްޔަތާ ހިލާފަށް އޮޕަރޭޓުކުރަމުން ގެންދިޔަ ޖަލުތައްވެސް ހުޅުވާލައި ގައިދީންތައް ވަނީ ދޫކޮށްލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ