ރާއްޖޭގެ ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް މާލެ ސަރަހައްދުގައި ފަށައިފިއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކް ބިއުރޯއިން (އެމްސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި އެ ސާވޭ ކުރިއަށްދާނީ މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ސާވޭ ކުރާނީ، ރޭންޑަމްކޮށް ހޮވާލެވޭ ގޭބީސީތަކަށް ކަމަށާއި އެ ސާވޭއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ގުޅޭ މުހިންމު ތަފާސްހިސާބު އެއްކުރުމަށްޓަކައި ކުރެވޭ މުހިންމު ސާވޭއެެއް ކަމަށް ބުންޏެވެ.
އެމްސީބީން ބުނީ، އެ ސާވޭއިން އެއްކުރެވޭ މައުލޫމާތުން މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތް، މަސައްކަތް ލިބިފައި ނުވާ އާބާދީގެ ނިސްބަތް ފަދަ ވަޒީފާގެ ބާޒާރާ ގުޅޭ މުހިންމު މައުލޫމާތުތައް ދެނެގަނެވޭނެ ކަމަށެވެ.
އެމްސީބީން އިތުރަށް ބުނީ، ސާވޭގައި އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބީސީއެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ އެއްޗެެއް ކަމަށާއި ނަމަވެސް ގާނޫނީ އިމުގެ ތެރެއިން
ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަކީ އާންމުންގެ މަސްއޫލިއްޔަތެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު