ހދ. ކުރިނބީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން، ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މާލެއާއި ކުރިނބީގައި ބޭއްވި އިންތިހާބުގައި 327 މީހުން ވޯޓުލިއެވެ. ކުރިނބީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިހާބުކޮށްފައިވަނީ ފާތުމަތު ނާފިޒާ އިސްމާއިލް އާއި އީނާސް އާދަމްގެ އިތުރުން ރާނިޔާ މުހައްމަދެވެ.
އީސީން އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ނާފިޒާއަށް 165 ވޯޓު ލިބުނުއިރު އީނާސްއަށް ލިބުނީ 163 ވޯޓެވެ. އަދި ރާނިޔާއަށް ލިބުނީ 164 ވޯޓެވެ.
އެ ކެމްޑިޑޭޓުން ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމުގައިވާ ފާތުމަތު ޝައިނާ އާއި އިފާގާ އާދަމްގެ އިތުރުން ފިރާޝާ އަލީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު