ރަށުގެ ޒުވާނުންނަށް ގޯތި ބޭނުންވާ ކަމަށާއި އެހެންކަމުން އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންގޮސް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ ރަށު ކައުންސިލުން އެދިއްޖެއެވެ.
އދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ދަނގެތީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ.
ދަނގެތި ކައުންސިލުގެ އިދާރާގައި މިރޭ ބޭއްވި އެ ބައްދަލުވުމުގައި އެ ރަށުގެ ކައުންސިލުން ވަނީ ރަށުގެ ބަނދަރު ބޮޑުކޮށްދިނުމުގެ މަޝްރޫއުގައި ހުރި ކަންބޮޑުވުންތައް ވަރަށް ތަފުސީލީ ގޮތެއްގައި ހިއްސާކުރައްވައިފައެވެ.
އަދި ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންގޮސްދިނުމަށާއި ސްކޫލުގެ މަލްޓި ޕާޕަސް ހޯލެއް ބޭނުންވާ ކަމަށާއި ރަށަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމަށް ބޭނުންވާ ކަންކަން ކޮށްދިނުމަށާއި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ދިނުމަށް އަދި ކައުންސިލުގެ އިދާރާ ބޮޑުކޮށްދިނުމަށްވެސް ކައުންސިލުން އެދުނެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ދަނގެތި ކައުންސިލުން ފާހަގަކުރެވި ކަންކަން ބައްލަވައި ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު