ސީރިއާގެ އެންމެ އުސް ފަރުބަދަ އިސްރާއިލުން ހިފައިފިއެވެ.

ސީރިއާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް ހާމަން ހިފައި އިސްރާއީލުން ވަނީ އެމީހުންގެ ބާރުގެ ދަށަށް އެތަން ގެންގޮސްފައެވެ. ނަމަވެސް އިސްރާއީލުން ވަނީ އެއީ ވަގުތީގޮތުން އެ ގައުމުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަރުބަދައެއް ކަމަށް ބުނެފައެވެ.

ހާމަން ފަރުބަދަ އަކީ އިސްރާއީލާއި ސީރިއާ ގުޅޭ ސަރަހައްދުގައި ހުންނަ ފަރުބަދައެކެވެ. އިސްރާއީލުން އެފަރުބަދަ ހިފިއިރު އެފަރުބަދަ އޮތީ އދ ގެ ބެލުމުގެ ދަށުން ހިންގާ މިލިޓަރީ ފޯސްގެ ބާރުގެ ދަށުގައެވެ.

ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން އެގައުމުގެ ބައްޝާރުލް އައްސަދު ސަރުކާރު ވައްޓާލުމާއެކު އިސްރާއީލުން ވަނީ ސީރިއާގެ މިލިޓަރީ ގިނަ ތަންތަންވެސް ނައްތައިލައިފައެވެ. އެގޮތުން 500 އަށްވުރެ ގިނަ ތަންތަނަށް ވައިގެމަގުން ހަމަލާދީފައިވާއިރު 90 އިންސައްތަ މިލިޓަރީ ޓާގެޓްތައް ވަނީ ނައްތައިލައިފައެވެ.

އޮފިޝަލުން ވަނީ އިސްރާއީލުގެ އެންމެ ބޮޑު ބޭނުމަކަށްވީ ސީރިއާގެ ހަނގުރާމަވެރިންގެ އަތްދަށަށް މިލިޓަރީ ހަތިޔާރު ފޯރިޔަ ނުދިނުން ކަމަށް ބުނެފައެއެވެ.