ގައުމީ ޔުނިވާސިޓީ، އެމްއެންޔޫ މެރަތަންގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ މެރަތަންއަށް އެ ބޭންކުގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް ހިތްވަރުދިނުމަށާއި މުޖުތަމައުގެ ރޫޙު އާލާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކަމަށާއި އަދި އެމްއެންޔޫ އިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު މަގްސަދުގައި ކަމަށެވެ.
އެމްއެންޔޫ މެރަތަންގައި ކިޑްސް ޑޭޝް، 5 ކިލޯ މީޓަރު، 10 ކިލޯމީޓަރު، ހާފް މެރަތަން އަދި މެރަތަން ހިމެނޭނެއެވެ. އެ އިވެންޓުގެ މަގުދަސަކީ ޝައުގުވެރިކަން ހުރި ރޭސްތަކެއްގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ހަށިހެޔޮ ދިރިއުޅުމުގެ މުހިންމުކަން ބުނެދިނުމާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމާއި ކުޅިވަރުގެ ރޫހު ކުރިއެރުވުމެވެ.
އެމްއެންޔޫ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 އަދި 21 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު