ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް އިފްތިތާހުކޮށްފިއެވެ.

ހިންމަފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހިންމަފުށީގައި ވެމްކޯގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހިންމަފުށީގައި ވެމްކޯގެ ހިދުމަތް މިއަދު އިފްތިތާހު ކުރި ނަމަވެސް ރަސްމީކޮށް ހިދުމަތް ދިނުމަށް 10 ވަރަކަށް ދުވަސް ނަގާނެ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ ހުރިހާ ސާމާނަކާއި އުޅަނދުތައް ހަމަވެފައިވާ ކަމަށާއި ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި މުވައްޒަފުން ނަގައި ހިންމަފުށީގައި ރަސްމީކޮށް ވެމްކޯގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

ހިންމަފުށީގައި ވެމްކޯގެ ހިދުމަތް އިފްތިތާހުކުރުމަށް މިއަދު ހަވީރު ވަނީ އެ ރަށު ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފައެވެ.