ރާއްޖޭގެ ކަނޑުގައި ދުއްވާ މަސްވެރި އުޅަނދުފަހަރުގައި ބޭނުންކުރާ 80 ޕަސެންޓު އިންޖީނަކީ ޔަންމާ އިންޖީނު ކަމަށް އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރު، ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް، އަހުމަދު ޝައުދު ވިދާޅުވެއްޖެއެވެ.
ޔަންމާ އިންޖީނުގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހޮޓެލް ޖެންގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގައި އެމްޓީސީސީގެ އެމްޑީ ޝައުދު ވިދާޅުވީ، 1979 ވަނަ އަހަރު، ވޯލްޑް ބޭންކުގެ މާލީ އެހީތެރިކަމުގެ ދަށުން ރާއްޖޭގެ 500 ދޯންޏެއްގައި ޔަންމާ އިންޖީނު އެޅުން ވެގެން ދިޔައީ ރާއްޖޭގައި ހިންގި އިންގިލާބީ ބޮޑު އެެއް މަޝްރޫއަށް ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން މިއަދާ ހަމަޔަށް ރާއްޖޭގެ މަސްދޯނިފަހަރުގައި ބޭނުންކުރާ 80 ޕަސެންޓް އިންޖީނަކީ ޔަންމާ އިންޖީނު ކަމަށް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އޮނޑިދޯނި ފަހަރުގައި މިހާރު 1200 ހޯސްޕަވަރާއި 1400 ހޯސްޕަވަރުގެ އިންޖީނު ބޭނުންކުރާކަން ފާހަގަކުރައްވައި ޝައުދު ވިދާޅުވީ، އާ އީޖާދީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރީންނަށް ގިނަ ފަސޭހަތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި މުސްތަގުބަލުގައި ރާއްޖެއަށް ފަސް ވަނަ ޖެނެރޭޝަންގެ އިންޖީނު ތައާރަފު ކުރުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނަ ކަމަށާއި އެމްޓީސީސީން އެދެނީ ޔަންމާ އިންޖީނުގެ ކަސްޓަމަރުންނާ ހަމަޔަށް އިންޖީނުތައް ފޯރުކޮށްދިނުމަށް މިހާރަށްވުރެ އަވަސް އިންތިޒާމުތަކެއް ހަމަޖެހުން ކަމަށެވެ.
ބޭނުންވެވަޑައިގަންނަވަނީ ޔަންމާ އިންޖީނު ގަންނަ ކަސްޓަމަރުންނަށް ހަމަހާއި ހަތްމަސްދުވަހަށްވުރެ އަވަސް މުއްދަތެއްގެ ތެރޭ އިންޖީނު ފޯރުކޮށްދެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދިއުން ކަމަށްވެސް ޝައުދީ ވިދާޅުވިއެވެ. އަދި އީޖާދީ ތަރައްގީގެ ވަސިލަތްތައް ބޭނުންކުރައްވައިގެން މަސްވެރީންގެ އާމްދަނީ އިތުރުކުރުމަށް މިހާރު ވަރަށް ބޮޑަށް މަގުފަހިވެފައިވާ ކަމަށްވެސް ޝައުދު ވިދާޅުވިއެވެ.
"ވޭތުވެދިޔަ 50 އަހަރު އަބަދުވެސް ޔަންމާ އިންޖީނު ވަނީ ދިވެހި މަސްވެރީންގެ ފަސްޓް ޗޮއިސްއަށް، މިދިޔަ އަހަރުތަކުގައި ތަފާތު މޮޑެލްތަކުގެ 7000 އަށްވުރެ ގިނަ އިންޖީނާއި 800 އަށްވުރެ ގިނަ ޖެނެރޭޓަރު އެމްޓީސީސީން ވަނީ ރާއްޖޭގައި ވިއްކުމުގެ އުފާ ހޯދާފައި. މިހާރުވެސް އެމްޓީސީސީން މި އަންނަނީ މިއަށްވުރެ، ގިނަ މޮޑެލް ރާއްޖޭގައި ވިއްކޭނެ، ހިދުމަތްދެވޭނެ ގޮތަކާ މެދު ވިސްނައި ފުރުސަތު ހޯދުމަށް މަސައްކަތް ކުރަމުން" ޝައުދު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި އެންމެ ލޯޔަލް ކަސްޓަމަރުންނާއި އެންމެ ދިގުމުއްދަތަކަށް އެމްޓީސީސީގައި ހިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފައިވެއެވެ.
- ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)
- ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް
- މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)
- ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއޭ)
- ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)
- އައްބާސް މުހައްމަދު
- ޓައިމްލެސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- ސްޓޭންޑާޑް އެންޑް އޮރިޖިން
- ހަސަން ނަސީމު
- މުހައްމަދު ޔައުގޫބު
- އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
- ސޮނީ ހާޑްވެއާ
- ދަ ސަން ސިޔާމް އިރުފުށި
- އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް
- ފިޝަރީޒް މިނިސްޓްރީ
- އިބްރާހިމް އަބްދުﷲ
- އަހުމަދު އިބްރާހިމް
- މުހައްމަދު ސައީދު
- އޯޝަން ގުރޫޕް ޕްރައިވެޓް ލިމިޓެޑް
- ޝަރީފާ މުހައްމަދު
- ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
- އަހުމަދު ހަސަން
- މުހައްމަދު އިބްރާހިމް
- އަލް ޝާލީ މެރީން
- ހަސަން ގާސިމް
- އަބްދުﷲ އަބްދުލް ސައްތާރު
- އަލީ މުނީރު
- އަހުމަދު އަބްދުﷲ
- އަބްދުﷲ ސައީދު
- އަބްދުލް ގަފޫރު މުހައްމަދު
- އަހުމަދު ޒަކީ
- ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
- އަހުމަދު ރިޒާ
- އަބްދުލް ރަޝީދު
- އަބްދުﷲ މުހައްމަދު ހަމީދު
- އަބްދުލް ވާހިދު އަބްދުﷲ
- ޖެކްޝަން ޓަން ހޮކް ކޫން
- ލޮއި ހާންގް ފުއި
- ކިކުޗީ
- އަހުމަދު އާދަމް
- އިބްރާހިމް ސަލީމް
- އާތިފް ޝަކޫރު
- ހަސަން ހަލީލު
- އިސްމާއިލް ނާފިއު
- އަހުމަދު ސާޖިދު
- އަލީ ނިހާދު
- އައިމިނަތު ޝިފާ
- ޝަކީބާ އަލީ
- މުހައްމަދު ރަޝީދު
ޔަންމާ އިންޖީނުގެ ހިދުމަތް ރާއްޖޭގައި އެންމެ ފުރަތަމަ ފެށީ އެއިރުގެ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ދިވެހި ސަރުކާރުންނެވެ. އެހެން ނަމަވެސް، އެމްޓީސީސީ އުފެދުނީއްސުރެ ޔަންމާގެ ރާއްޖޭގެ ހަމައެކަނި ޑިސްޓްރިބިއުޓަރަކީ އެމްޓީސީސީ އެވެ. ޔަންމާ އިންޖީނަކީ މަސްވެރީން އެންމެ އިތުބާރުކުރާ އިންޖީނެވެ.
ޚަބަރު
ޚަބަރު
ޚަބަރު