ސީރިއާގެ ދާހިލީ ހަނގުރާމަ ވަރުގަދަވެ ހަނގުރާމަވެރިން ވެރިރަށް ހިފަން މިސްރާބު ޖަހައިފިއެވެ.
ސީރިއާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރި ޖަމާއަތް ހަޔާތު ތާހިރު އަލް ޝާމް އިން ވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުގެ ސިޓީތައް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި މިހާރު ވެރިރަށް ދިމިޝްގު ހިފައި އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަޔާތު ތާހިރު އަލް ޝާމް ޖަމާއަތުގެ ހަނގުރާމަވެރިން ދިމިޝްގު ތެރެއަށް ވަދެގެންފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނާއިރު އެ ގައުމުގެ ސިފައިން އަންނަނީ ރައްދުގައި ހަމަލާ ދެމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ދިމިޝްގު ޖެހިގެން އޮންނަ ސިޓީއާ ހަމައަށް ހަނގުރާމަވެރިން ވަދެފައިވާ ކަމަށްވެސް ބައެެއް މަސްދަރުތައް ބުނެއެވެ.
ދިމިޝްގުގެ އުތުރާއި ދެކުނުން ހަޔާތު ތާހިރު އަލް ޝާމްގެ ހަނގުރާމަވެރިން މިސްރާބު ޖަހާފައިވާއިރު ސީރިއާގެ ރައީސް ބަޝާރު އަލް އައްސަދު ވެރިރަށް ދިމިޝްގު ދޫކުރައްވާފައިވާ ކަމަށްވެސް ބައެއް ރިޕޯޓުތަކުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެކަން ސީރިއާ ސަރުކާރުން ދޮގުކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ސީރިއާގެ މަޝްރަހު ހޫނުވެ ވެރިރަށާ ހަމައަށް އިދިކޮޅު ހަނގުރާމަވެރިން ޖެހިފައިވާއިރު އެ ގައުމުގެ ބައެއް ސިފައިންވެސް ގައުމު ދޫކޮށް ފިލާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެގޮތުން މިހާތަނަށް 2000 އަށްވުރެ ގިނަ ސިފައިން ސީރިއާ ދޫކޮށް އިރާގަށް ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަޔާތު ތާހިރު އަލް ޝާމްގެ ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށަށް ވަދެފި ނަމަ ސަރުކާރު ވެއްޓޭނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ