މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް 10 މެންބަރުން އިންތިހާބު ކޮށްފިއެވެ.

މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ އަށް މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ ހަތް މެންބަރުންނާ އެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ލިބެނީ އެކަމަށްޓަކައި ރަޖިސްޓްރީ ކުރާ މީޑިއާ ތަކަށެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މި އިންތިހާބުގައި، 11 މީޑިއާއަކުން މެންބަރުންނާއި އަމިއްލަ ގޮތުންވެސް 11 ފަރާތް ހިމެނޭހެން ޖުމްލަ 22 ފަރާތުން ވާދަކުރިއެވެ.

  • ފާތުމަތު ޝަނާ މުހައްމަދު، މާސް، ވ. ކެޔޮދޫ - މިހާރު ނިއުސް - 118 ވޯޓް
  • ނަޖާޙު މަސްއޫދު، އާބަހަރުގެ، ގއ. ދާންދޫ - ވަގުތު - 117 ވޯޓް
  • ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިފެންމާގެ - އާފަތިސް އޮންލައިން - 93 ވޯޓް
  • ހަފްސީ އަބްދުﷲ، ދަފްތަރު 7921 - ހަފްސީ ކޮމް - 75 ވޯޓް
  • ހުސެއިން ހަސަން، ދިލްކަޝްވިލާ، ގއ. ވިލިނގިލި - ހަތާވީސް 74 ވޯޓް
  • ހުސެއިން ތަގީފް ހިސާން، ހދ. ވައިކަރަދޫ - ތިލަދުން - 74 ވޯޓް
  • ފާތުމަތު ނަހުދާ ފާއިޒް، މާފަހު، ނ. ވެލިދޫ - ދިޔަރެސް މީޑިއާ - 71 ވޯޓް
  • އިބްރާހިމް ފައުޒީ - ހުޅުމާލެ ފްލެޓް، - 80 ވޯޓް
  • ފާތިމަތު ފަހުމީ، ސީނަރީ، ގދ. މަޑަވެލި - 76 ވޯޓް
  • އިމްރާހިމް މުހައްމަދު، ގ. ވިންޑް - 49 ވޯޓް

މި އިންތިހާބުގައި ވޯޓު ލުމަށްޓަކައި 148 ރަޖިސްޓްރީ ކޮށްފައިވާ އިރު، މީޑިޔާތަކުގެ ބަޔަށް ވޯޓުލީ 139 ފަރާތުންނެވެ. ސައްކަ ވޯޓްގެ އަދަދަކީ 124 އެވެ. ބާތިލް 15 ވޯޓު ހިމެނޭ އިރު، ޖުމްލަ ވޯޓުގެ އަދަދަކީ 139 އެވެ.

އާއްމު މެންބަރުން ހޮވުމަށް ވެސް 139 ފަރާތަކުން ވޯޓުލާފައިވާ އިރު، ސައްހަ ވޯޓުގެ އަދަދަކީ 130 އެވެ. ބާތިލް ވޯޓުގެ ގޮތުގައި ހިމެނެނީ ނުވަ ވޯޓެވެ.

އެމްއެމްސީގެ އިންތިހާބު ބާއްވާފައި މިވަނީ އެމްއެމްސީގެ ދައުރު އަންނަ ހޮނިހިރު ދުވަހަށް ހަމަވާތީއެވެ.