ގއ. ދާންދޫގެ މަގުމަތީގައި މަރުވެފައި އޮތް ޒުވާނަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ދާންދޫ ފެނަކަ ބުރާންޗް ހުޅަނގު ފަރާތު މަގުމައްޗަަށް މީހަކު ވެއްޓިފައި އޮތް ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެސަރަހައްދަށް ދިޔަ ކަމަށެވެ. އޭރު މަގަށް ވެއްޓިފައި އޮތީ، ދާންދޫ، ނަގަހެލަ، އަހުމަދު އަބުދުﷲ (33އ) ކަމަށްވެސް ބުނެފައިވެއެވެ.
އޭނާ އެރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު