ސަރުކާރުން ދަނޑުވެރިކަމުގެ ވިޔަފާރިކުރާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) ގެ ހިންގުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ރާއްޖޭގެ ދަނޑުވެރިން ހައްދާތަކެތި މާކެޓްކޮށް، އަދި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމުގެ ބޭނުމުގައި އެގްރޯ ނެޓް އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރުއެވެ،
އެގްރޯ ނެޓްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މިދިޔަ މަހުގެ 30 ގެ ފަހުން، އެގްރޯ ނެޓުން ދަނޑުވެރިންނާ އެކު ހިންގަމުން ދިޔަ މުއާމަލާތްތައް ހުއްޓާލާފައިވާ ކަމަށެވެ.
އެގްރޯ ނެޓް އުވާލައި، އެ ކުންފުނީގެ ދަށުން ކުރާ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީއެފްސީޒެޑް) ގެ ދަށަށް ގެންދަން ސަރުކާރުން ނިންމީ، މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
އޮފިޝަލް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ޓްރާންސިޝަންގެ މަސައްކަތް ކަމަށެވެ.
އެގްރޯ ނެޓްގައި 182 މުވައްޒަފުން މަސައްކަތް ކުރެއެވެ. އެގޮތުން ދަނޑުވެރިކަން ކުރާ ބައެއް ރަށްރަށުގައި އެގްރޯ ނެޓްގެ މުވައްޒަފުން ހަރަކާތްތެރިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު