ގްރީސް ސަރުކާރާއި ޕްރައިވެޓް ތަންތަނުގައި މަސައްކަތްކުރާ މީހުން 24 ގަޑިއިރުގެ މުޒާހަރާއެއް ފަށައިފިއެވެ.

ގްރީސްގެ މަގުތަކަށް ނިކުމެފައިވާ އެތައް ހާސް މީހުން ވަނީ އެ މީހުންގެ މަސައްކަތް ހުއްޓާލައި އަޑުއުފުލަން ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ގައުމުގެ ދިރިއުޅުމުގެ އަގުތައް މަތިވުމާއި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީ ކުޑަވުމުގެ ސަބަބުން އެކަމާ ދެކޮޅަށް ތެދުވުމަށް ބާއްވާ އެ މުޒާހަރާ 24 ގަޑިއިރަށް ކުރިޔަށް ދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ގްރީސްގެ މަސައްކަތްތެރީންގެ ހައްގުތަކަށް މަސައްކަތްކުރާ އަބްރެއްލާ ޔޫނިއަނުން އިންތިޒާމު ކޮށްފައިވާ އެ މުޒާހަރާތައް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

2009 ވަނަ އަހަރު ގްރީސްގެ އިގްތިސާދު އަޑިއަޅައިލުމަށްފަހު ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައިވީ ނަމަވެސް އެ ގައުމުގެ އާންމުންނަށް ލިބޭ އާމްދަނީއާއި ނުބައްދަލު ހަރަދުތައް ކުރަން ޖެހުމުން އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.