އަންނަ އަހަރު ސަބްސިޑީގެ ނިޒާމަށް ގެންނަ ބަދަލާއެކު އެންމެ ފަގީރު 20 ޕަސެންޓަށް މަހަކު 2،450 ރުފިޔާ ޖަމާކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ބަޖެޓުގެ ތަފުސީލީ ރިޕޯޓުގައި ބުނެފައިވަނީ ސަބްސިޑީގެ އާ ސިޔާސަތު އެކުލަވާލާފައިވާނީ ސަބްސިޑީގެ ސިޔާސަތު މުރާޖައާކުރުމުން އެންމެ ފަގީރު ގޭބިސީތަކަށް އެކަމުން ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަކުރެވޭނެ ގޮތަށް ކަމަށެވެ.
އެގޮތުން އެންމެ ފަގީރު 20 ޕަސެންޓުގައި ހިމެނޭ ގޭބިސީތަކުގެ ހަރަދު މަހަކު އެވަރެޖުކޮށް ގާތްގަނޑަކަށް 1،770 ރުފިޔާ އިން އިތުރުވާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް ކޭޝް ޓްރާންސްފާގެ ގޮތުގައި އެ ގޭބިސީތަކަށް މަހަކު އެވްރެޖުކޮށް ގާތްގަނޑަކަށް 2،450 ރުފިޔާ ލިބޭނެ ކަމަށް ބުންޏެވެ.
"މިއީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދެވޭ، އެ ފަރާތްތަކަށް ސީދާ ގޮތުން މަންފާ ލިބޭނެ ނިޒާމެކެވެ،" ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ގޭބިސީތަކަށް މި ބަދަލާ ގުޅިގެން ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން އިޔާދަކުރަނިވި ހަކަތައަށް ފުޅާ ދާއިރާއެއްގައި ދައުލަތުގެ ދަރަންޏާއި ފިސްކަލް ހާލަތަށް އަސަރު ނުކުރާނެހެން އިންވެސްޓްކޮށް ކަރަންޓު އުފެއްދުމުގެ ހަރަދާއި ކަރަންޓު ބިލުތަކަށް ދައްކަންޖެހޭ ފައިސާގެ މިންވަރު ދަށްކުރަން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު