ލަކުޑި ބޭނުންކޮށްގެން އުފެއްދި ފުރަަތަމަ ސެޓަލައިޓު ލޯންޗުކޮށްފިއެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް ލަކުޑި ބޭނުންކޮށްގެން އުފެއްދި ސެޓަލައިޓުގައި ބޭރުގެ ޕެނަލް ތަކާއި އެތެރޭގެ ބައެއް ބައިތައް ހުންނަނީ ލަކުޑި ފިލާ ބޭނުންކޮށްފައެވެ.
ޖަޕާނުގެ ކިޔޯޓޯ ޔުނިވަސިޓީގެ ދިރާސާވެރިން އުފެއްދި އެ ސެޓަލައިޓުގެ ބަރުދަނުގައި ހުންނަނީ 900 ގްރާމް ކަމަށް އޮފިޝަލުން ބުނެއެވެ. އެ ސެޓަލައިޓު ސްޕޭސްއެކްސްގެ އުޅަނދެއްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވަން ހަމަޖެހިފައިވާއިރު އޭގެ ފަހުން ދުނިޔޭގެ އޯބިޓް ތެރެއަށް އެ ސެޓަލައިޓު ދޫކޮށްލާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ލިންގޯސެޓް ނަމުން ނަންދީފައިވާ އެ ސެޓަލައިޓް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ލަކުޑި ބޭނުންކޮށްގެން މުސްތަގުބަލުގައި ޖައްވީ ގިނަ މަސައްކަތްތަކެއް ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ދިރާސާކުރުން ކަމުގައި އޮފިޝަލުން ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ސެޓަލައިޓު ޖައްވަށް ފޮނުވާފައިވާއިރު އެ ސެޓަލައިތުތަކުގެ ސަބަބުން ހާދިސާއެއް ހިނގައި އެއިން ބައިތަކެއް ދުނިޔެއަށް ވެއްޓިދާނެ ކަމުގެ ބިރުއޮތްކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ