47 އަހަރު ފަހުން ނާސާގެ ޖައްވީ އުޅަނދެއްގެ ސިގްނަލް ލިބެން ފަށައިފިއެވެ.
ނާސާއިން ވަނީ ޖައްވީ އުޅަނދު ''ވޮއޭޖާ-1''ގެ ސިގްނަލް ނުލިބި 47 އަހަރުވުމަށްފަހު ހަބަރުވުމާއެކު އެ އުޅަނދުގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ދުނިޔެއާ 15 ބިލިއަން މޭލު ދުރުގައިވާ އެ އުޅަނދުގެ ކޮންޓްރޯލް ލިބުމާއެކު އެ އުޅަނދުގެ ކަރަންޓު ހިފެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބައިތައް އެކަނި މަސައްކަތް ކުރާ ގޮތަށް ބަދަލުކޮށް މައްސަލަތައް ހައްލުކުރަން ފަށާފައިވާކަމަށް ވެސް ނާސާއިން ބުނެއެވެ.
ނާސާގެ ވޮއޭޖާ-1 އަދި ވޮއޭޖާ-2 އަކީ ނާސާއިން އެއްފަހަރާ ޖައްވަށް ފޮނުވާލި ދެ އުޅަނދެވެ. ނާސާއިން ބުނެފައިވާ ގޮތުގައި 47 އަހަރުވެފައިވާ އެ ދެއުޅަނދު މަސައްކަތް ކުރުމުގައި ދަތިތަކެއް ދިމާވެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ