ޔޫގަންޑާގެ ރެފިއުޖީ ކޭމްޕަކަށް ހޮނުއަޅައި 14 މީހަކު މަރުވެއްޖެއެވެ.

ޔޫގަންޑާގެ ޕަލަބެކް ރެފިއުޖީ ކޭމްޕުގައި ކުރިޔަށް ދިޔަ ކްރިސްޓިއަން ދީނީ އަޅުކަމެއްގައި ބައިވެރިވި ބައެއްގެ ތެރެއަށް ހޮނު އެޅުމުގެ ސަބަބުން 14 މީހުން މަރުވެފައިވާއިރު 34 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއި ގުގުރަމުން ދިޔަ ވަގުތު އެ ސަރަހައްދަށް ހޮނުއަޅާފައިވާއިރު އެވަގުތު އެ ތަނުގައި ތިބީ ކިހާ ބައެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ޕަލަބެކް ރެފިއުޖީ ކޭމްޕަކީ 80،000 އަށްވުރެ ގިނަ ރެފިއުޖީންނާއި ހިމާޔަތް ހޯދަން އެސަރަހައްދަށް ދިޔަ މީހުން ހިމެނޭ ކޭމްޕެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.