ރާއްޖެ ވަޑައިގަތުމަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއަށް ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ދައުވަތު ދެއްވައިފިއެވެ.
ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާ އަށް ކުރެއްވި ދަތުރުފުޅުގައި، ރަސްގެފާނު ޗާލްސްއާ އެކު ނަންގަވާފައިވާ ފޮޓޯއެއް އެކްސްގައި ހިއްސާ ކުރައްވައިފައި ނައިބު ރައީސް ވިދާޅުވީ، ރަސްގެފާނު ޗާލްސް ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެ މަނިކުފާނަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވެސް ވަނީ ޑިސެމްބަރު، 2024، ގައި ދުބާއީގައި ބޭއްވި ކޮޕް-28 ގެ ހަވާސާގައި ރަސްގެފާނު ޗާލްސްއާ ބައްދަލު ކުރައްވައިފައެވެ
ކޮމަންވެލްތުގެ އެންމެ އިސްވެރިއަކީ ރަސްގެފާނު ޗާލްސްއެވެ.
ރަސްގެފާނު ޗާލްސްގެ މަންމާފުޅު އަދި އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދެވަނަ ވަނީ މީގެ 52 އަހަރު ކުރިން، 1972 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އޭގެ ފަހުން އިނގިރޭސި ރަސްކަލަކު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު