ނ. މާފަރު އެއާޕޯޓްގެ އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ފަށައިފިއެވެ.

މާފަރު އެއާޕޯޓުގެ އިންޓަނޭޝަނަލް ދަތުރުތައް ފަށާފައިވަނީ، އެ އެއާޕޯޓުގެ ރަންވޭ އަށް 650 މީޓަރު އިތުރުކޮށް، ސްޓްރިޕް ފުޅާކުރުމަށް ފަހުއެވެ.

މާފަރު އެއާޕޯޓަށް ދަތުރުތައް އިންޓަނޭޝަނަލް އަލުން ފެށި އިރު، އެ އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަމީޓަރުގެ ފަޔަ ރޯޑު ތަޅާލުމާއި 18,660 އަކަމީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުމާއި 4,047 އަކަމީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ކުރާނެއެވެ.

އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ ޑިސެމްބަރު 2019 ގައެވެ.

އެ އެއާޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ޖައްސައެވެ.